އަންހެނަކު ދުއްވަން އިން ކާރެއް ގަމު ތުނޑީ ބަނދަރަށް ވެއްޓިއްޖެ

ލ.ގަން ތުނޑީ ބަނދަރަށް ކާރެއް ވެއްޓިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގަމު ތުނޑީ ބަނދަރަށް ކާރެއް ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 10:03 ހާއިރު ކަމަށެވެ.
މި ހާދިސާގައި ކާރު ދުއްވަން އިނީ އަންހެނެކެވެ. އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހާއަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ކާރު މޫދަށް ވެއްޓުނީ ދުއްވާފައި ދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭހަށް ފިތާލެވިގެން ކޮންޓްރޯލްނުވެގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށް ފުުލުހުން ބުންޏެވެ.
ފިރިހެނަކު ދުއްވަން އިން ނަމަ ނުވެއްޓޭނެ ގެރޭ