ކޮއްކޯފުޅުގެ ދިފާއުގައި ރައީސް ނަޝީދު: އެކަން ކުރީ ކޯލިޝަންގައި ތިބި ހަރުކަށި މީހުން ރުއްސަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފިއެވެ.
އެއް ޖިންސުން ގުޅުން ހިންގި ވީޑީއޯތަކުގެ މައްސަލައިގައި މިއަދު ފުލުހުން ވަނީ މީހުން ހައްޔަރު ކުރަން ފަށައިފަ އެވެ. އެގޮތުން، ފުލުހުން ދެންމެ ވިދާޅުވީ، އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 46 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ނާޒިމް ސައްތާރު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެލިގަނޑު ރިސޯޓްގައި ހުއްޓައެވެ.
މިކަމާ ގުޅިގެން ވަރަށް ކޯފާ އިސްކުރައްވައި ނަޝީދު އިނގިރޭސިބަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނާޒިމް އެއް ޖިންސުން ގުޅުން ހިންގި ކަމަށް "ތުހުމަތު" ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
އަދި، މިއީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް, ކޯލިޝަންގައި ތިބި ހަރުކަށި މީހުން ރުއްސުމަށް ޓަކައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
ނަޝީދު އިޝާރާތް ކުރެއްވީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށެވެ. އިމްރާން މިއަދު ވަނީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް ކުރާ މީހުންނާމެދު ފުލުހުން ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިސޮރު ދޫކޮށްފިނަމަ އަހަރުން ބަލާނީ ނަޝިދަކީވެސް ކުޅީގެ ބޮޑެއްކަމަށް