ލިވާތުގެ ތުހުމަތާއެކު ނާޝިޒްގެ ރައްދެއް: ހަޤީޤަތާ ޚިލާފު ވާހަކަ ފެތުރުމަކީ ނަޝީދު އަލަށް ކުރާ ކަމެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އެމްޑީ އަލަމްގިރި ކައިރިއަށް ދިޔަތޯ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސުވާލު ކުރެއްވުމުން ރައްދު ދެއްވައިފިއެވެ.
އުމަރު ޝުޖާއު ނަމަކަށް ކިޔާ ޓުވިޓަރ އެކައުންޓަކުން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަލަމްގިރި ހައްޔަރުކޮށް އޭނާ އަތުން ހޯދި ފޯނުން ނާޝިޒުގެ ވީޑިއޯ ފޮހެލީތޯ ސުވާލުކޮށްފައެވެ. އަދި އެކަން ކުރީ، ނާޝިޒްގެ އަނބިކަބަލުން ރޮޒައިނާގެ ބާރުންތޯ ސުވާލުކޮށްފައެވެ. މި ޓްވީޓް އެމްޑީޕީގެ ރަސްމީ ވަޓްއަޕް ގްރޫޕްގައި ހިއްސާ ކުރަމުން ރައީސް ނަޝީދު ވަނީ ރޮޒައިނާ އަދި ނާޝިޒް ކުރެން މިއީ ތެދެއްތޯ އައްސަވާފައެވެ.
އެ ވާހަކަަތަކަށް ރައްދު ދެއްވަމުން ނާޝިޒް ވިދާޅުވީ، ކުޅި ކުޅޭ ކުދިންނާއި މަޖާ ކުރާ ކުދިން އޮތީ ބޭޒާރުވެފައި ކަމަށާއި ހަދާ ދޮގުތަކާއި އަނބުރާ ގޭސްތައް އަޑުއަހާނެ މީހަކު ނެތް ކަމަށެވެ.
"ލޯބި ލޯބިން ކުޅުނު ބަޔަކު ކުޅެން ހުރި ވީޑިއޯތައް އެއޮތީ ފެންނަން. އަޅުގަނޑަކީ 24 ގަޑިއިރު ހަމައިގައި ހުންނަ މީހެއް. ތިޔަ ޒާތުގެ ފޮޓޯޓައް ހަދައިގެން އަގު ވައްޓާލަން މަސައްކަތް ކުރައްވާ ބަޔަކު ހަލާކުވާނީ" ނާޝިޒް ވިދާޅުވީ، ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމަކީ ރައީސް ނަޝީދު އަލަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ.