Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

އުރީދޫ 5ޖީ މިހާރު މުޅި މާލެއަށް ލިބޭނެ

އުރީދޫ 5ޖީ މިހާރު މުޅި މާލެއަށް ލިބޭނެ

އުރީދޫގެ 5ޖީ ހިދުމަތް މިހާރު މުޅި 5ޖީ ހިދުމަތް މިއަދުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އުރީދޫގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ހަފުލާއެއްގައި އުރީދޫން ބުނީ ކުރިން މާލޭގެ ބައެއް ހިސާބުތަކުން ލިބެމުން ދިޔަ 5ޖީ ހިދުމަތް މިހާރު މާލޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ ކަމަށެވެ.

އެގޮތުން، އުރީދޫ ނެޓްވާކްގައި 5ޖީ ސަޕޯޓުކުރާ ފޯނުތައް ބޭނުންކުރާ ޕޯސްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި "އެއާ ފައިބާ" ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބޭނެ އެވެ.

Advertisement
Allied — Dhen Online (box)

މި ހިދުމަތާއެކު އެ ކަސްޓަމަރުންގެ ޑާޓާ އެލަވަންސް ވެސް ދެ ގުނަ ވެގެން ދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް މި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް