އެ އުޅެނީ ''ހަސަދަގަނޑެއް ބާލަން'', އެއީ ރައީސް ނަޝީދު ވައްކަން ވަރިހަމަ ނުކުރައްވާތީ: ވައްޑެ
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާމެދު ހަސަދަ ލަނީ އެ މަނިކުފާނު ވައްކަން ވަރިހަމަ ނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެެއެވެ.
ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެބައޮތް ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އަދި މި ސަރުކާރަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެ ގޮތުން ރައީސް ޞާލިޙަށް ވަފާތެރި މެންބަރުން ވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައެވެ.
ވައްޑެ ވިދާޅުވީ މި އުޅެނީ އެހެން ހަސަދަގަނޑެއް ބާލަން ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަސައްކަތް ކުރަނީ އެ މަނިކުފާނު ވައްކަން ވަރިހަމަ ނުކުރައްވާތީ ކަމަށް ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ތިއްބެވި ރައީސް ޞާލިޙަށް ވަފާތެރި މެންބަރުންނަށް ޢިޝާރަތް ކުރައްވައި ވައްޑެ އިތުރަށް ވިދާޅުވީ
''އެ ބޭފުޅުން ހޮވާފަ ހުރި ޑެޕިއުޓީ ޕީޖީ ލީޑަރުގެ ފޮޓޯއެއް ނުކުތީމަ ވެސް އެ ނުވޭ އެއްވެސް މައްސަލައަކަށް.'' މިހެންނެވެ.
މީގެތެރެއިން ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ބަދުއަޚްލާޤީ އަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ޢާންމުވެފައެވެ.
ވައްޑެއަށް ނަޝީދުގެ ގޮނޑި ގެއްލޭކަން ޔަގީންވެއްޖެހެން ހާދަ ހީވޭ
މުނާފިގުން ފާޅުވަނީ މި ފަދައިންނެވެ
ނަސީދަކީ ވައްކަމުގެ ހުކުމެއް ކޮށް ރ އަނގޮޅިތީމަށް އަރުވާލާ ހުކުމް ތަންފީޒު ކުރެވިފަ ހުރި ފަރާތެއް. ނަސިދުގެ ބައްޕަ ކެރަފާސައްތާރަކީ ވެރިކަންބަދަލުކުރަން ރެވުމާއި ފިސްތޮލަ ރާއްޖެ އެތެރެ ކުރުމާއި މައިތްކުންފުނީގެ ފައިސާއަށް ހިޔާނާތްވމުގެ ކުށުގަ ޖަލުހުކުމެއް ތަންފީޒުކުރެވި ފައިސާ ނުދައކައިގެ އިފްލާސްކޮށްފައިވާ ފަރާތެއް . މިފަދަމީހުން ވެރިކަމަށް ގެނައުމަޚި ގައުމު ކިލަނބުވާކަމެއް.
ވައްކަމަށ ވުރ އެއ ޖިންސުނ ގުޅުނ ހިންގުނ ދިފާއ ކުރަނ ތެދުވުމުގ ފާފ މ ބޮޑ.