ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
![](https://dhen.mv/wp-content/uploads/2022/08/20220802_155027-850x548.jpg)
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާރޕަސް ހޯލުގައެވެ.
އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވާފައިވަނީ ސިވިލް ކޯޓުގެ ގާޒީ ޢަބްދުލްނާޞިރު ޝަފީގެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 82 ފުލުހުން ހުވާކޮށްފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ 26 ފިރިހެން ފުލުހުންނާއި, 16 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުންނެވެ.
މި ހުރިހާ ފުލުހުން ވެސް ވަނީ ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.