ޚަބަރު ޝަރުޢީ ދާއިރާ

ކައްދޫ އެއަރޕޯޓުގެ ޑެެޕިއުޓީ މެނޭޖަރ ހަބީބު ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޚިލާފަށް: ހައި ކޯޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކައްދޫގެ ކުރީގެ ޑެޕިއުޓީ މެނޭޖަރު ހަބީބު

ކައްދޫ އެއަރޕޯޓުގެ ޑެޕިއުޓީ މެނޭޖަރ ހުސައިން ޙަބީބް, ފާހި / ލ.ފޮނަދޫ, ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލް އިން ކުރި ހުކުމް ރަނގަޅު ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލައިގައި ވަޒީފާއާއި ބެހޭ ޓްރިބިއުންލުން ހުކުމް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ޙުކުމްގައި ބުނެފައިވަނީ ހުސައިން ޙަބީބް ވަޒީފާއިން ވަކިކުރި ވަކި ކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދަލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށް ބުރަވެވޭކަމަށެވެ. އަދި ޙަބީބް ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއްނެތި, ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން ހުސައިން ހަބީބް ކުރިން އަދާކުރަމުން ދިޔަ, ކައްދޫ އެއަރޕޯޓުގެ ޑެޕިއުޓީ މެނޭޖަރ ކަމުގެ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އަދި އެފަރާތަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ޓްރައިބިއުނަލުން މައްސަލަ ނިމުމާ ހަމައަށް ވޭތުވެ ދިޔަ ދުވަސްތަކަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ދިނުމަށްވެސް އެ ޙުކުމުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގެ މަރުޙަލާގައިވެސް އަދި ހައި ކޯޓުގެ މަރުޙަލާގައިވެސް ކައްދޫ އެއަރޕޯޓުގެ ފަރާތުން ތަކުރާރުކޮށް ބުނަމުން ދިޔައީ ޙުސައިން ޙަބީބު ވަޒީފާއިން ވަކިކުރެވުނީ ކުންފުނީގެ ރިސްޓްރަކްޗަރިންގ ޕްލޭންގައިވާ، ކޮމާޝަލް ސަރވިސްގެ ޑެޕިއުޓީ މެނޭޖަރެއްގެ ކިބައިގާ ހުންނަންޖެހޭކަމަށް ބަޔާންކުރާ ޢިލްމީ ޤާބިލްކަމާއި، ތަޖުރިބާ ޙުސައިން ޙަބީބް ކިބައިގައި ނެތްކަމަށް ވާތީ، ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުން ޙުސައިން ޙަބީބް ވަޒީފާއިން ވަކިކުރަން ނިންމުމުންކަމަށެވެ.

ނަމަވެސް ހުކުުމުގައި ވަނީ ކުންފުނީގެ ރީސްޓަރަކްޗަރިންގެ ޕްލޭންގެ ދަށުން ޑެޕިއުޓީ މެނޭޖަރެއްގެ މަޤާމަށް ކަނޑައެޅުނު ތަޢުލީމާ ތަޖުރިބާގެ ޝަރުޠު ޙުސައިން ޙަބީބްގެ ކިބައިގައި ހަމަނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، އަދި ޝަރުޠު ހަމަނުވާނަމަ އެފަރާތަށް ޝަރުޠު ހަމަވާ އިތުރު މަޤާމެއް ކުންފުނީގައި ވާކަން ނުވަތަ ނޫން ކަން ސާފުކޮށްދެވިފައިނުވާކަމަށެވެ މީގެ އިތުރުން އަދިއެފަރާތް ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ވަކި މުވައްޒަފަކު ކަނޑައެޅިގެން ބޭއިންސާފުން ވަކިކުރުމުގެ މަޤްސަދުގައި ނޫން ކަން ސާބިތުކޮށްދެވިފައިނުވާކަމަށެވެ.

ހުސައިން ހަބީބް ކައްދޫ އެއަރޕޯޓުގެ ވަޒީފައިން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 ވަނަ ދުވަހު, ވަޒީފާއިން ވަކިކުރުމުގެ އެއް މަސް ދުވަހުގެ ކުރިން ދޭ ޗިޓް ފޮނުވުމަށްފަހު، އެއް މަސް ވުމުގެ ކުރިން، އެމަހުގެ 8 ވަނަ ދުވަހުއެވެ.

  1. އިނގޭމީހާ

    ތިޔައީ ބޮޑު ވަގެއް، ކައްދޫ އެއަރޕޯޓްގެ ގިނަ މުވައްޒަފުންނަށް ވަރައް އިހާނެތިކޮއް ކަންކޮއް ، ކައްދޫ ފިހާރައިން މުދާ ވަގައް ގެންގޮސްފަ ވޭ