04 ފޮޓޯއާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަތުން މީ ޤަރުނުގެ ބޮޑު އެންމެ ޖޯކު: ރޮޒައިނާ
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު މީހަކު ޖަހައިގެންފައިވާކަމަށް ބުނުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އިއްޔެ ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރައްވައިފައެވެ. އެ މެސެޖުގައި ވަނީ އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގަނެގެން ދުވެ ފިލާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަންބަރު ބްލޮކް ކުރުމަށް ވެސް ދަރިކަނބަލުން އެދިފައިވެއެވެ.
ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވާކަމަށް ބުނާއިރު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަދުއަޚްލާޤީ އަމަލު ހިންގަވާ ތަން ފެންނަ ހަތަރު ފޮޓޯ އޮތްކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އެ ހަތަރު ފޮޓޯ އޮތީޔާ ދައްކަން ވެސް ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ދަންނަވައިފައެވެ.
ރޮޒައިނާ ވިދާޅުވީ ހަތަރު ފޮޓޯއާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން މީ ޤަރުނުގެ ބޮޑު އެންމެ ޖޯކު ކަމަށެވެ.
''ތި ފޮޓޯ ފޮނުވި މީހާގެ ފޯނުތަ އަނެއްކާ މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ. މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމް އަޅުވާފައި މިއަށްވުރެން ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގުނީބާ.'' ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
މަޖިލިސްގެ ރަސްމީ ދަތުރެއްގައި އެފްރިކާ ބައްރުގައި އޮންނަ ސީޝެލް ކިޔާ ޤައުމަކަށް ދިޔަ ބޭފުޅަކު ކުއްލިއަކަށް ޔޫރަޕް ބައްރުގެ އިގިރޭސިވިލާތުގެ ލަންޑަނުގެ ރެސްޓޯރެންޓެއްގައި ފޯނާއިކުޅެން ހުއްޓާ ފެނުނު މާރީތި ފޮޓޯއެއް ފެނިގެން އެފޯން ކާޅެއް ޖަހައިގަތީޔޯ 😀
ނެއެން… އެންމެ ބޮޑު ޖޯކުު
4 ފޮޓޯ ފޯނާ އެކު ވިއްކާލީތަ؟
އެންމެ 100 ރުފިޔާ އަށް