ޚަބަރު ސިޔާސީ

ބުރިޖް އޯކޭ, އެހެން ޤައުމެއްގެ ފައިބުޑަށް ވެއްޓުން އޯކޭއެއް ނޫން: ދުންޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދުންޔާ މައުމޫން

އެހެން ޤައުމެއްގެ ފައިބުޑަށް ވެއްޓުން އޯކޭއެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދުންޔާ މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ ''ބްރިޖް އޯކޭ'' ކަމަށާއި, ނަމަވެސް ''އެހެން ޤައުމެއްގެ ފައިބުޑަށް ވެއްޓުން އޯކޭއެއް ނޫން ކަމަށެވެ.

ދުންޔާ އެހެން އެ ވިދާޅުވީ މި ސަރުކާރުން ހިންގާ ތިލަމާލެ
ބުރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށްވާތީކަމަށް ބެލެވެެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތެއްގައި މިހާރު ވަނީ ތިލަމާލެ ބުރިޖުގެ ބިންގާ އަޅައިފައެވެ. ތިލަމާލެ ބުރިޖަކީ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅުވައިދޭ ބުރިޖެކެވެ.

ރައީސް ޞާލިޙްގެ ސަރުކާރު ފެށުނީއްސުރެން އިންޑިއާއާއެކު އަންނަނީ ޚާއްސަ ގުޅުމެއް ބާއްވަމުންނެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން މި ސަރުކާރު ވަނީ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!