ޔޯގާާ ހަރަކާތް ބޭއްވި ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ދެ މީހުން ހައްޔަރުކޮށްފިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ހަރަކާތެއް ބޭއްވީ ޖޫންމަހުގެ 21 ގައެވެ. އެ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން 21 މީހަކު ހައްޔަރުކުރިއެވެ.
ފުލުހުން ބުނީ މި މަހުގެ 02 ވަނަ ދުވަހުގައި އެކަކު އަދި ތިންވަނަ ދުވަހު އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން އެކެއްގެ ބަންދަށް 07 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެތެރެއިން ބައެއް މީހުންނަށް ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެެވެ.