ޚަބަރު އިޖުތިމާޢީ

ސްޓެލްކޯގެ 360 ފުލެޓް, މުވައްޒަފުންނާ ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލެޓުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: މިހާރު

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރަން ފެށި ފުލެޓްތައް ސްޓެލްކޯގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

ރަމްޒީ ގޮތުން އެ ކުންފުނީގެ މުވައްޒަފުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވީ ފުލެޓުތައް ހުންނަ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފެވެ.

ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރި އެ ފުލެޓްތަކަށް ޖުމްލަ 696 މިލިއަން ރުފިޔާ ޚަަރަދުވި ކަމަށް ޝަރީފް ވިދާޅުުވިއެވެ.

ނަމަވެސް މުވައްޒަފުންގެ އަތުން ނަގާނީ 623 މިލިއަން ރުފިޔާކަމަށާއި އޭގެތެރެއިން %20 ގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ނަގާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި 360 އެޕާޓްމަންޓް ހިމެނެއެވެ. އޭގެެތެރޭގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓަކާއި ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓް ހިމެނެއެވެ.

މިއަދު ވަނީ 328 އެޕާޓްމަންޓެއްގެ ތަޅުދަނޑި ހަވާލުކޮށްފައެވެ. ބާކީ ހުރި 32 އެޕާޓްމަންޓު ލިބޭ ފަރާތްތައް ކަށަވަރުކުރުމަށްޓަކައި ވަަރަށް އަވަހަށް ގުރުއަތު ނަގައި ފުލެޓުތައް ހަވާލުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!