ޚަބަރު ސަރުކާރު

ލ.އަތޮޅުގައި ހިމާޔަތްކޮށްފައިވާ 6 ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަށް ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ބޮޑު ފެންގަނޑު. ފޮޓޯ: ރިވަރީޒް ޑައިވިން ވިލެޖް އެންޑް ސްޕާ

ލ.އަތޮޅުގައި ހިމާޔަތްކުރެވިފައިވާ 6 ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ބުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއުގެ ދަށުން، ލ. އަތޮޅުގައި ހިމާޔަތްކުރެވިފައިވާ 6 ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭން ހަދަން ބޭނުންވާ ކަމަށެވެ.

އެ ގޮތުނ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފޯމާއި, މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބީލަން ހުށަހަޅާނީ 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން އެ މިނިސްޓްރީގެ ރިސެޕްޝަނަށް ކަމަށާއި, ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެކަމަށް ބުންޏެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހު 10:00 ގައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން [email protected] އީ-މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ލ.އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް:

ލ.ގަމު ބޮޑު ފެންގަނޑު (ޕަރީ ފެންގަނޑު)

ލ.މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދު

ލ.ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދު

ލ.ގާދޫގެ ވެލާ އަރާ ގޮނޑުދޮށާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި މޫދުވިނަ ސަރައްހައްދު.

ލ.ގާދޫ-ހިތަދޫ ކަނޑުގެ ސަރަހައްދު

ލ.ހިތަދޫ ކުޅިއާއި ވަށައިގެންވާ ސަރަހައްދު

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!