ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބުދޭން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ޑރ.މުޢިއްޒު

ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބުދޭން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ ޏ.ފުވައްމުލަކު، ކުރި، މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރައިލި މައްސަލައާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ހ.ޝީރީންވިލާގައި ޝިއާ (22) މަރާލައިފައި އޮއްވާ ފެނުނީ ރޭގައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.
''އަނިޔާވެރިކަމާއެކު މަރާލާފައި ޝިއާއުއަށް މާތް ﷲ ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރިނިޢުމަތް މިންވަރުކުރައްވާށި.'' ޑރ.މުޢިއްޒު ކުރެއްވި ޓުވީޓުގައިވެއެވެ.
މުޢިއްޒު ވިދާޅުވީ މިފަދަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ލިބުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.