އީ-ކޮމާސް ޕްލެޓްފޯމް މޫލީއަށް ތިން އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ކަސްޓަމަރުންގެ ޙިދުމަތުގައި މޫލީ ކާމިޔާބު 3 އަހަރު ފާހަގުކުރުމުން ދާއިރު، 20000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. މި ޕްލެޓްފޯރމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ. މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯރމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާރޓްނަރުންނަށް މޫލީ ޓީމުން ވަނީ ފަށްފަށުން ޝުކުރު އަދާ ކުރައްވާފައެވެ. ހަމަ އެއާއެކު އޮގަސްޓް މަހުގެ ތެރޭގައި  ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާކަމަށް އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއި އެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފައެވެ. އެގޮތުން ކޯނަރ ޝޮޕްތަކާއި ސުޕަރމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީއިން ވަނީ ފަރޓްނަރ ވެފައެވެ. މި އިސްނެގުމާއެކު ފުރުސަތުތައްފަހި ވެ ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަނިއެއް ނޫނެވެ، ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދިނެވެ. މީގެ އިތުރުން މޫލީ އިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ހަމަ އެފަދައިން މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނަރވެ، "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ކްލެއިމްކޮށް މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށްދީފައެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް،މިއަދު އީ-ކޮމާސް ޕްލެޓްފޯމް މޫލީއިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ޓަކައި ކާމިޔާބު ތިން އަހަރު ފާހަގަކޮށްފިއެވެ. މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ކަސްޓަމަރުންގެ ޙިދުމަތުގައި މޫލީ ކާމިޔާބު 3 އަހަރު ފާހަގުކުރުމުން ދާއިރު، 20000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. މި ޕްލެޓްފޯރމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ. މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯރމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާރޓްނަރުންނަށް މޫލީ ޓީމުން ވަނީ ފަށްފަށުން ޝުކުރު އަދާ ކުރައްވާފައެވެ. ހަމަ އެއާއެކު އޮގަސްޓް މަހުގެ ތެރޭގައި  ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާކަމަށް އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއި އެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފައެވެ. އެގޮތުން ކޯނަރ ޝޮޕްތަކާއި ސުޕަރމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީއިން ވަނީ ފަރޓްނަރ ވެފައެވެ. މި އިސްނެގުމާއެކު ފުރުސަތުތައްފަހި ވެ ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަނިއެއް ނޫނެވެ، ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދިނެވެ. މީގެ އިތުރުން މޫލީ އިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ހަމަ އެފަދައިން މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނަރވެ، "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ކްލެއިމްކޮށް މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށްދީފައެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން އަރުވައެވެ ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން އަރުވައެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!