އިޢުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ ޚިލާފު އުފެދޭނެ: ނަޝީދު

ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ އަބަދުވެސް ޚިލާފު އުފެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ މަނިކުފާނު އެހެން ވިދާޅުވިއިރު, ވަކި މައްސަލައަކަށް ޢިޝާރަތްކުރައްވައިފައެއް ނުވެއެވެ.
ވިދާޅުވީ ޢަމަލުކުރަމުންދާ ޤާނޫނުއަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިޢުތިރާފު ބަޔާން ނަގަން ނުޖެހުން ކަމަށާއި ހެއްކާއި ޤަރީނާއިން ކުށް ސާބިތުކުރުން ކަމަށެވެ. އެހެންކަމުން ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ އަބަދުވެސް ޚިލާފު އުފެދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.