ސަރުކާރުން އުޅެނީ ވަކި ބަޔަކަށް ގޯތިތައް ބަހައިލަން: ޢަލީ ޙުސައިން
މާލޭގައި ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ސަރުކާރުން މަސައްކަތްކުރަނީ ވަކި ބަޔަކަށް ގޯތިތައް ބަހައިލަންކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އަދި ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދޭން ނިންމުމުން ގިނަ ބަޔެއްގެ މެދުގައި އެކަމާ ގުޅިގެން ބަހުސްކުރެވެމުން އަންނައިރު ޢަލީ ޙުސައިން މިއަދު ވިދާޅުވީ ޤާނޫނު އެއްފަރާތްކޮށް މާލޭގެ ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި, ސަރުކާރުން މަސައްކަތްކުރަނީ ވަކި ބަޔަކަށް ގޯތިތައް ބަހައިލަންކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރާ ގުޅުންހުރި ވަކި ބަޔަކަށް ގޯތިތައް ބަހައިލަންކަމަށާއި, އެކަމާ އެންމެހައި ދިވެހިން އަޑުއުފުލަންޖެހޭ ކަމަށެވެ.
%100 ތެދު ވާހަކައެއް ކަމައް ބެލެވޭ.
ފެންނަމަންޒަރުތަކުންް ދޭހަވަނީީ މިފަހަރުގެެ ގޯތިތައްް ޚާއްސަކޮއްް ހުޅުމާލޭގެެ ގޯތިތައް ގުރުއަތުންލިބޭނީީ ސަރުކާރުގެެ މަތީމަގާމުތަކާއިނުފޫއޮންނަަ ބަޔަކުބޭނުންވާގޮތަކައްް އާއްމުު ރައްޔިތުމީހާާ އިންތިޒާރުގަަ ތިބުމާގާތީީ