ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން: ޑރ.ޝަހީމް

ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.ޝަހީމް މިއަދު ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުގައި ތިބިއިރު ދެން ތިބި ފަރާތްތައް ތިބީ މުޖުތަމަޢުއަށް ދޫކޮށްލާފައި ކަމަށެވެ.
''އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއް ހައްޔަރުގަ. ދެން ތިބި ފަރާތްތައް މުޖުތަމަޢުގަ ދޫވެފަ. ނޫނީ މަޤާމުތަކުގަ.''
ޑރ.ޝަހީމް ވިދާޅުވީ ޤާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުން ކަމަށާއި, ޤާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން ކަމަށެވެ.