ރާއްޖޭގެ ވެރިކަމަށް ހޮވޭނީ މާލޭ މީހުން ހޮވަން ނިންމާ މީހެއް ކަމަށް ބުނެ, ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ޢާދިލް ސަލީމް, ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށް ފުރައްސާރަކޮށް ވާހަކަދައްކަވައިފިއެވެ.
މިހާރު ކުރިއަށްދާ ''މާލެ-ރާއްޖެތެރެ'' ބަހުސާ ގުޅިގެން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ ވެރިކަމަށް ހޮވޭނީ މާލޭ މީހުން ހޮވަން ނިންމާ މީހެއް ކަމަށާއި, ރަށްތަކުގެ ވޯޓުތައް އަބަދުވެސް ގަންނަނީ މާލެއިން ރަށްތަކަށް ކެމްޕޭނަށް ގޮސް ކަމަށެވެ.
''އިންތިޚާބު ކައިރިވީމަ ފެންނާނެ ފުރަފުރައިގެން ދާ ތަން. އެއާކޯނުތަކާ ޓީވީތައް ރަށްރަށުން އުފުލާ ތަން.'' އޭނާ ވިދާޅުވިއެވެ.
''މާލެ-ރާއްޖެތެރެ'' ބަހުސް ފެށުނީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެންނެވެ. މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އަދި ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ހުޅުމާލެއާއި ގުޅީފަޅުން ގޯތި ދޫކުރަން ނިންމާފައިވަނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓްރީނުވާ މީހުންނަށް ކަމަށާއި, ފުލެޓު ދޫކުރާނީ މާލޭގައި މަދުވެގެން ފަނަރަ އަހަރު އުޅެފައިވާ ރަށްރަށުގެ މީހުންނަށެވެ.
ތިޔެއް ބަލަމާ މިފަހަރު!!
ވަރަށްރީތި ފިލްމެއް އެބޯތޭ ބުނި ވަރަށްކުރިން ނެރެފައޮތް.
ތިޔަ އާދިލް ސަލީމުގެ ބަފަޔަކީ ކ. މާފުށީ މީހެއް. އެހެންވީއިރު ރާއްޖެތެރޭ މީހުންނޭ ކިޔައިގެން ވާހަކަ ދައްކާކަށް ލަދެއް ނުގަނޭބާ؟؟
ކަލޯ މާލޭންއިންނާނެމީހަކުނުވެގެން ރާއްޖެތެރޭ މަންޖެޔަކާތިއިނީކީއްވެބާ
ފިލްމުކުޅެން ފަސޭހަޔަކަށޯ!
ކަލޯ މާލޭ ރައީސު ހޮވާ އަހަރުމެން ހޮވާނީ ރަށު މީހަކު އަތޮޅު މީހަކު !