ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންތަކެއް ލާމަށް: ހުރިހައި ރަށެއްގައި ދަރުސް ދެއްވާނެ

ލާމު އަތޮޅު ހުރިހާ ރަށެއްގައި ދަރުސް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިއީ ޢިލްމު ޖަމްޢިއްޔާއާއި ޖަމްޢިއްޔަތުއް ސަލަފު ގުޅިގެން އިންތިޒާމުކުރާ ދަރުސްތަކެކެވެ.
ލާމު އަތޮޅުގެ ހުރިހާ ރަށެއްގައި މި ދަރުސްތައް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރާއި, އައްޝައިޚް މުޖުތަބާ ޙަމީދާއި, އައްޝައިޚް ޙަސަން ޞަބާޙާއި, އައްޝައިޙް ޙަސަން ޒިޔާން އާއި, އައްޝައިޚް މުޙައްމަދު މައޫން އާއި, އައްޝައިޚް ޢަބްދުﷲ ޙާމިދެވެ.