ޚަބަރު ދީން

''ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ މަޖަލަކަށް ހަދައިގެން ދައްކަންވާވަރުގެ ވާހަކަތަކެއްނޫން''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް ޙަސަން މޫސާ ފިކްރީ

ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ މަޖަލަކަށް ހަދައިގެން ދައްކަންވާވަރުގެ ވާހަކަތަކެއްނޫންކަމަށް އައްޝައިޚް ޙަސަން ފިކުރީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު ރާއްޖޭގެ ބައެއް މީހުން ލިވާތުކުރާކަމަށް ތުހުމަތުކުރެވޭ ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުގައި އަދިވެސް ދަނީ ޢާންމުވަމުންނެވެ. މީގެ އިތުރުން އެކަމާ ގުޅޭ އެކި ކަހަލަ ޕޯސްޓުތައް ލިޔެ ފޭސްބުކްފަދަ ތަންތަނުގައި އަންނަނީ ޢާންމުކުރަމުންނެވެ.

ޝައިޚް ޙަސަން ފިކުރީ މިއަދު ވިދާޅުވީ ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ ޖޯކުޖަހައި, މަޖަލަކަށް ހަދައިގެން ދަކަންވާވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ހަޑިމުޑުދާރު، ވިޔާނުދާ ފާހިޝް އަމަލުތައް އާންމުވާ ހިނދު، އެ މުންކަރާތްތައް މަނާ ނުކުރުމަކީ އާންމުވެގެންވާ ކޯފާއެއް އައިސްދާނޭފަދަ ބިރުވެރި ކަމެއްކަމަށް ވެސް ޝައިޚް ޙަސަން ފިކުރީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވެސް ވަނީ ‏ލިވާތުކުރުން ފަދަ ހަޑިމުޑުދާރު ފާޙިޝް ނުބައި ޖަރީމާތަކާ ބެހޭ ގޮތުން މަޖަލަކަށް ހަދައިގެން ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވައިފައެވެ.

''އެހެން ހެދުމުގެ ސަބަބުން މީސްތަކުން އެއާމެދު ދެކެމުން އައި ސީރިއަސްކަން ކެނޑިގެން ހިނގައިދާނެ. ދީނުގެ ޢަދުއްވުން ބޭނުންވަނީ އެ ކަން އެގޮތަށް ވުން.'' ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!