ޚަބަރު ސިޔާސީ

ރައީސް ޔާމިން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްއިން މިއަދު ބުނީ ރައީސް ޔާމިން ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. އަދި އެ ބައްދަލުވުން އޮންނާނީ މ.ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި ކަމަށް ވެސް ޕީޕީއެމްއިން މަޢުލޫމާތު ދެއެވެ.

މިއީ ރައީސް ޔާމިންގެ ދައުރު ނިމުނުފަހުން ފަހުން ނޫސްވެރިންނާ ބައްދަލުުކުރައްވާ ދެވަނަ ފަހަރެވެ. ދައުރު ނިމުނު ފަހުން ފުރަތަމަ ނޫސްވެރިންނާ ބައްދަލު ކުރެއްވީ 2019 ގައެވެ.

ނަމަވެސް ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ބައެއް ނޫސްތަކަށް ބަސްދީގަތުން ދެއްވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!