އެމްޑީޕީން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން ގަޑުބަޑުވެއްޖެ: ނަޝީދު

އެމްޑީޕީން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން ގަޑުބަޑުވެއްޖެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި އެމްޑީޕީ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރެއްގައެވެ.
ނަޝީދުގެ ޤަރާރުގައިވަނީ ވެރިކަމުގެ ނިޒާމާއި އިންތިޚާބީ އުސޫލުތައް ރޭވިފައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެ ޕާޓީން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން ގަޑުބަޑުވެއްޖެ ކަމަށެވެ.
އަދި ރައްޔިތުންނަށް ވީ ވަޢުދުތައް ނުފުއްދި ޕާޓީއަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބަކީ އެއީކަން ވެސް ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
އެމްޑީޕީގެ މި ސަރުކާރުން ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީއާއި އެމްއާރްއެމްއާއެކު ކޯލިޝަން ހަދައިގެންނެވެ.
ތިއަގަތަޅަށް ކޯލިސަންހަދަނީކީކުރަންތަ ނަހަދަލިބެނީކީނޫ.ކޮންމެފަހަރަކުލިބެނީހދާގެން ލިބޭއިރަން އެދުންބޮޑި އެއަގަ ކޮއްމެފަހަރަކުތަޅާނެ
ތިޔަބޭ ފުޅުންވިދާޅުވަނީ ދިވެހިންތާ އީދުކުރަނީ އެމްޑީޕީއަށޭ ބަރުލަމާނީއަށޭ ދައްކާވާހަދިމާނުވާކަންއެގިއްޖެދޯ އެހެންނޫންނަމަ އެއްބުރުންހޮވުނީސް