ޖަމީލްގެ ފާޑުކިޔުން ސަރުކާރަށް: މުޅިން ވެސް ފެންނަނީ ޚިޔާނާތް

ސިޔާސީ މަޤާމުތަކަށް ސަރުކާރުން ކުރާ ޚަރަދުތައް ހާމަކުރަން ދެކޮޅު ހަދާތީ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިއަދު ވިދާޅުވީ ކުރީ ސަރުކާރުގައި ސިޔާސީ މަޤާމުތައް އިތުރުވިކަމަށް ވިދާޅުވެ, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭނުގައި ވާހަކަދައްކަވާފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ރައީސް ޞާލިޙްގެ މިފަދަ ކޮންމެ ކަމަކުން ފެންނަނީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދަތަކަށް ޚިޔާނާތްތެރިވެވަޑައިގަންނަވާ މަންޒަރު ކަމަށެވެ.
އަދި މިއަދު ސިޔާސީ މަޤާމުތަކަށް ސަރުކާރުން ކުރާ ޚަރަދު ހާމަކުރަން ވެސް ދެކޮޅު ކަމަށާއި, މުޅިން ވެސް ފެންނަނީ ޚިޔާނާތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !