ދުނިޔެ

ބިލް ގޭޓްސްގެ ތައުރީފް، އިންޑިއާގެ ސިއްޙީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މައިކްރޯސޮފްޓްގެ ފައުންޑަރ ބިލްގޭޓް، އިންޑިއާގެ ސިއްހީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި ހޯދަމުން އަންނަ ކާމިޔާބީ ތަކަށް ތައުރީފް ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ބިލް ގޭޓްސް ވިދާޅުވީ، އިންޑިއާއިން ތަރައްޤީގެ ރޮގުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އިންޑިއާއިން ތަރައްޤީ ވަމުން އަންނައިރު، ސިއްހީ އަދި ޓެކްނޮލޮޖީގެ ދާއިރާ އިސްކޮށް، ދެމުންދާ އަޙަމިއްޔަތު ފާހަގަކޮށް، އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ތައުރީފް ކުރައްވާފައިވެއެވެ.

ބިލް ގޭޓްސްގެ ޓްވީޓްގައި އިތުރަށް ވަނީ އިންޑިއާއެކު، އޭނާގެ ކުންފުނިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ތަރައްޤީގެ ބައިވެރިޔަކަށް ވެވޭތީ ނުހަނު ފަޚްރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!