ބުރިޖު ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމު ފަރަށް އެރުމުން ގެއްލުންވިތޯ އީޕީއޭއިން ބަލަނީ

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރި މައްސަލަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.
ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަމަށް ވިލިމާލޭ ޕޮލިސްއަށް ފާހަގަކުރެވުނީ އިއްޔެ 14:25 ހާއިރުއެވެ.
ޕްލެޓްފޯމް ފަރަށް އެރި ހާދިސާގައި 03 މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުން ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.
ތިކަމަކީ އިންޑިއަ އަތުންވީކަމެއް، އެހެންވީމަ ކިތަންމެ ބޮޑު ގެއްލުމެއް ލިބިފާ އޮތަސް ގެއްލުންވީކަމަކަށް ނުބުނާނެ، މިހާރު މިއޮތްސަރުކާރުން ކޮންމެ މުއައްސަސާއަކަށްވެސް ނުފޫޒާ ބާރު ފޯރުވާފަ ވާތީ އެއްވެސް މުއައްސަސާއެއް މި ސަރުކާރުން ކުރާ އެއްވެސް ނުބައިކަމެއް ނުބުނާނެ އދި ނުވެސް ފެންންނާނެ.