މެޖިސްޓްރޭޓް އިޙްސާން ޤާނޫނާ ޚިލާފުވިކަމަށް ބުނާ މައްސަލަ ސާބިތެެއްނުވި

ގއ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހިމް އިޙްސާންގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާއި ގުޅިގެން 2020 ނޮވެމްބަރު 22 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ގއ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އިޙްސާންގެ މައްސަލަ ތަޙްޤީޤުކޮށް ނިމިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ސާބިތުނުވާކަމަށް މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން އިޙްސާނާ ގުޅޭ ގޮތުން ތަޙްޤީޤުކުރީ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި އޭނާ ޤާނޫނާ ޚިލާފަށް އަމަލުކުރެއްވިކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެވެ.
އެނގޭ ސާބިތުނުވާނެކަން އޭނާއަކީ އެންޑީޕީ ކުއްޖެއްވީމަ