ޚަބަރު

''މި ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ މަނިކުފާނު ޖަލަށްނުލައި ސަލާމަތެއް ނުވާނެ''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލައިފާނެކަމަށް ބެލެވޭކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެެއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާފައިވާއިރު, ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ޕާޓީގެ ތެރެއިން ނަޝީދު އެކަހެރިކުރެވި ބާކީވަމުންދާ ކަމަށެވެ. އަދި މި ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ނަޝީދު ޖަލަށް ނުލައި ސަލާމަތްވެދާނެހެން ހީނުވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

''ޢިއްޒަތްތެެރި ރައީސް އެމްޑީޕީގެ ރައީސްކަމަށް ވީ ނަމަވެސް މި ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ މަނިކުފާނު ޖަލަށް ނުލައި ސަލާމަތްވެދާނެކަމަކަށް ނުފެނޭ.''

ޝަރީފް ވިދާޅުވީ ކަންކަން ރަނގަޅުކުރަން ގޮވައިލާ މީހުން ހައްޔަރުކުރެވޭނެ ގޮތެއް ހޯދަން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް ސަރުކާރުގެ ނުފޫޒު ގަދަވެފައިވާކަމާއި, މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް އޮތުމަކީ މިނިވަން މުއައްސަސާތައް މުށުތެރެއަށް ލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އެ ގޮތުން އަންނަ ރިޔާސީ އިންތިޚާބަށް އެކަމުގެ އަސަރު ފޯރާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

 

Ads by Ooredoo
  1. އަބްދޫ

    މިސަރުކާރަށް ދެވަނަ ދައުރެއްދީގެންވެސް ނަސީދު ޖަލަށް ލައި 2008 ގެ އިންތިހާބަކީ ބާތިލް އިންތިހާބަކަށް ހަދާ ނަސީދަށް ދޭ އިނާޔަތްތައްވެސް އުނިކުރަންޖެހޭ . 2008 ބާތިލް އިންތިހާބަކަށް ވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާއާއި ހިލާފަށް ނަސީދުގެ ކެންޑިޑެންސީ ސައްހަކޮށްފަ އޮތުމާއި 6 ދަވްރު ރައީސްކަންކުރި މައުމޫން ދެދައުރުވެރިކަން ނުކުރާކަމަށްހަދާ މައުމޫނު ކެންޑިޑެންސީ ސައްހަކޮށްފަ އޮތުމުން މިއީ ގައިރު ދުސްތޫރީ ބާތިލް އިންތިހާބަކަށް ނުވާންވީ ސަބަބެއްނެތް.

    • ކައިދާ

      ޢިސްލާހްކުރި ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ދެދައުރު ވެރިކަމެއް ނުކުރޭ ނޫންތޯ؟ އެތަސްދީގު ކުރުމުގެ ކުރިޔަކަށް އޭގެ ބާރެއް ނުހިގާ ގޮތަށް ތޯއްޗެ އެ އޮތީ ލިޔެފަ.