ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބުރިޖުގެ މަސައްކަތްތައް ލަހެއްނުވާނެ: އަސްލަމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު އަސްލަމް. ފޮޓޯ: މަޖިލިސް

ތިލަމާލޭ ބުރިޖުގެ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ފަަރަށް އެރި ނަމަވެސް, ބުރިޖު މަޝްރޫޢުގެ މަސައްކަތްތައް ލަސްވާނެކަމަށް ގަބޫލު ނުކުރައްވާކަަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ތިލަމާލޭ ބުރިޖުގެ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހުގައެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު, އީޕީއޭއިން ދަނީ ފަރަށް ގެއްލުންވެފައިވޭތޯ ވެސް ބަލަމުންނެވެ.

ފަރަށް އެރި ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އަދިވެސް ފުންކުރެވޭ ގޮތެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި އަސްލަމް ވިދާޅުވީ ޕްލެޓްފޯމު ފަރަށް އެރުމުގެ ސަބަބުން ތިމާވެށްޓަށް ލިބުނު ގެއްލުން އެނގޭނީ އީޕީއޭއިން ކުރަމުންދާ މަސައްކަތްތައް ނިމުމުން ކަމަށެވެ. އަދި އަންނާނީ ކިހާ ވަރެއްގެ ޖޫރިމަނާއެއްކަން ވެސް އެނގޭނީ އެއަށްފަހު ކަމަށެވެ.

''އެ ޕްރޮސެސް ކުރިއަށްދިޔަ ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ބުރިޖުގެ މަސައްކަތްތައް ލަސްވާންޖެހޭ ސަބަބެއް ނޫން އެއީ. ޑިސްޕިއުޓެއް އޮވެދާނެ, ތިމާވެށްޓަށް ގެއްލުމެއް ވީ ކަމަށްވަންޏާ ވީ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން. އަދި އެ ހިސާބަކަށް ނުދޭ.'' އަސްލަމް ވިދާޅުވިއެވެ.

ތިލަމާލޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 02 ވަނަ ދުވަހުގައެވެ. ބުރިޖުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގ އެފްކޮންސްއިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!