ޚަބަރު

ސްޓެލްކޯގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސްޓެލްކޯ މާލޭ އިންޖީނުގެ

ސްޓެލްކޯގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by STELCO

އަލިފާނުގެ ހާދިސާ ހިނގީ މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައެވެ.

އަލިފާން ރޯވީ އިންޖީނުގެ ޓާބޯގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އިންޖީނަށް މާ ބޮޑު ގެއްލުމެއްނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާއިރު, އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ.

''‏ސްޓެލްކޯ އިންޖީނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިއްވާލައިފި. ހާދިސާއާ ގުޅިގެން، އެރި ދުންތައް އެ ތަނުން ބޭރުކުރުމަށް ސިފައިންނާއި ސްޓެލްކޯގެ މުވައްޒަފުން ގުޅިގެން މިހާރު ދަނީ މަސައްކަތްކުރަމުން.'' އެމްއެންޑީއެފުން ދެންމެ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!