ޚަބަރު

އިގްތިސާދުގައި "އޮއްވަޅު ގޮނޑި" ކުޅެން ވެއްޖެނަމަ ގައުމު އިތުރަށް ބިކަވާނެ: އާދަމް ޝަރީފް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެން ވެއްޖެ ނަމަ ގައުމު އިތުރަށް ބިކަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކުރިއަށް އޮތް ހަ މަހާއި އަށް މަސް ދުވަހު ރާއްޖެއަށް ވަރަށް ދަތިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށާއި މީގެ ކުރިން ރާއްޖޭގެ ޖީޑީޕީ މިދިޔަ އަހަރާ އަލާބަލާ އިރު 7.5 ޕަސެންޓު ކުރި އަރާނެެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19 އާއެކު ދިމާވެފައިވާ ދަތިތަކާ އެކު އިގްތިސޯދު ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެންވެއްޖެ ނަމަ ގައުމު އިތުރަށް ބިކަވެ ދަރަނިވެރިވެ ސިޔާދަތު އެއްކޮށް ގެއްލިދާނެ ކަމަށެވެ.

"ސަރުކާރަށް އެކަނި ތިކަމެއް ނުވާނެ. ވިޔަފާރިވެރިންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްކާއި މަޝްވަރާ ކުރައްވާ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގައި ކަމަށާއި މިކަން ދިމާވެފައިވަނީ ހަމައެކަނި ރާއްޖެއަކުން ނޫން ކަމުން ޑޮލަރު ލިބުމާއި އެހެން ކަންކަން ވެސް ބަންދުވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!