ޚަބަރު އިޖުތިމާޢީ

''ގިރި'' އެއް ފެނުނީމަ އަޅުގަނޑުމެންނަށް އެނގޭ, ގިއްޔަކީ ކޮބައިކަމެއް ނޭނގޭ: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ނަޝީދު އަދި ކޮއްކޯފުޅު ނާޒިމް

ރ.އަލިފުށީގެ އިހުތިސާސްގައި ހަމައެކަނި ހިމެނޭ އެއްތިންގިލި ހިމާޔަތް ނުކުރުމަށް އެދި އެމްޑީޕީގެ ކޮންގްރެސްގައި އަލިފުށީގެ މަންދޫބަކު އިލްތިމާސް ކުރެއްވުމުން ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަލިފުށީގެ މަންދޫބަކު މިއަދު ވިދާޅުވީ އެއްތިންގިއްޔަށް އަރައިފިނަމަ އެ މީހާއެއް ނުފެންނާނެ ކަމަށާއި އެ ތާނގައި އޮންނާނީ މަދިރީގެ ފަރުދާއެއް ކަމަށެވެ. އަދި އެއްތިންގިލި ހިމާޔަތް ނުކުރުމަކީ އޭނާގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

''އަލިފުށީ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލެއްގަ. އެއީ މަދިރީގެ ސަބަބުން އުފެދޭ އުނދަގުލުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ދަތި އުނދަގޫތަކެއް ތަހައްމަލުކުރަމުން. މިކަމަކީ އަޅުގަނޑުމެން ތަކުރާރުކޮށް އެތައް ފަހަރަކު ކަމާ ގުޅުންހުރި ދާއިރާތަކަށް ހުށަހަޅާފައިވާ މައްސަލައެއް. ތެދުތެދަށް ދަންނަވާކަމަށް ވަނީވިއްޔާ ހިމާޔަތްނުކޮށް މި ކުޅި އަދި ކަނޑޫފަލެއް އޮތަސް. ކަނޑޫފަލަކީ ވެސް މިހާރު އެހާ ރަނގަޅަށް އާލާވަމުންދާ ކަނޑޫފަލެއް ނޫން. މަދިރި ނޫން އެހެން އެއްވެސް އެއްޗެއް އާލާ ނުވެއޭ އަޅުގަނޑަށް ދެންނެވޭނީ.''

''ހިމާޔަތް ކުރެއްވިޔަސް އެއްތިންގިލި ހިމާޔަތް ނުކުރައްވާށޭ. ނުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް.''

އެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ ޙަޤީޤަތުގައި މަދިރި މަދުވާނީ ހިމާޔަތްކުރުމުން ކަމަށާއި, އެކަން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ ކަމަށެވެ.

''އަލިފުށީ ބޭފުޅަކު ދެންމެ ދެއްކެވި ވާހަކައަކާ ގުޅިގެން އެއްތިންގިލި ހިމާޔަތް ނުކުރުމަށް މި އެދެނީ މަދިރި ގިނަވާތީ. ޙަޤީޤަތުގަ ހިމާޔަތްކުރީމަ މަދިރި މަދުވާނީ. އެކަން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ. ހުރިހާތަނެއް ފަސް އަޅާ ފޮރުވާލީމާ އެއީއަކީ އެއް ނޫން އަޅުގަނޑުމެނަށް މި މާހައުލުގަ މި ޖަޒީރާތަކުގަ މި ރަށްތަކުގަ ކުރިއަށް ދިރިއުޅުން ގެންދެވޭނެ ގޮތަކީ. ރާއްޖޭގަ އޮންނަނީ ދެތިން ގިއްޔެއް. ވިލިނގިލި އެއްތިންގިލި ދެން ވިސްނަވާ ކޮންތާކުތޯ ގިއްޔެއް އިނީ. ޙަޤީޤަތުގަ ނުވެސް ނެތްކަން ނޭނގެ ގިއްޔެއް. އަދި އަޅުގަނޑުމެންނަށް މި އުޅެނީ ގިއްޔަކީ ކޮބައިކަން ވެސް ނޭނގިގެން. އާދެ ގިރިއެއް ފެނުނީމަ އެބަ އެނގޭ. ތުނޑިއެއް ފެނުނީމަ އެބަ އެނގޭ. ހުރައެއް ފެނުނީމަ އެބަ އެނގޭ. އެކަމު ކޮބައިތޯ ގިއްޔަކީ.

ނަޝީދު ވިދާޅުވީ ގިލިތަކާއި ޗަކަބިމާއި އެހެން ތަންތަން ހިމާޔަތްކޮށްގެން ލިބޭ މަންފާ މާ ބޮޑުވާނެ ކަމަށެވެ.

Ads by HDC
  1. ޔގނޑ

    ކޮން މަގުސަދެއްގަ ހަބަރަށް ތިޔަ ހެދީ؟ އޭގަ ނެތެއްނު ގޯސް ވާހަކައެއް

  2. ކާލި

    ތަންތަން ހިމާޔަތްކޮށްގެން އެތަންތަން ﷲ ލެއްވި މަޤުސަދު ހާސިލްނުވޭ ﷲ އެތަންތަން ލެއްވީ އެތަނެއްގެ އަހުލުވެރިން އެތަނަކުން މަންފާލިބިގަނެ ދުނިޔޭގައި ދިރިއުޅެން ރިޒުޤު ހޯދަން އަދި ހެޔުގޮތުގައި ތާހިރު ދިރިއުޅުމެއް އުޅެން، މިއަދު ދިވެހިރާއްޖޭގެ ގިނަތަންތަން ހިމާޔަތްކޮގެން ރައްޔިތުންނަށް ލިބޭ ގެއްލުން ވަރަށްބޮޑު، މިތަންތަނުގެ ސަބަބުން ރިޒުޤު ހޯދަންވެސް މިއަދު ރައްޔިތުންނަށް ދަތިވެއްޖެ އުދަގޫ ވެއްޖެ.

  3. ގިނިހިލަ

    ހުރައެއް ފެނުނީމަ އެބަ އެނގޭ އެއީ ކޮންޑަމް ކަން.
    ގިރިއެއް ފެންނައިރަށް ސިފަވަނީ ކޯޗެއް