ދުނިޔެ

32 ޓަނުގެ ބޭސް އިންޑިއާއިން އަފްގާނިސްތާނަށް ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން އަފްޣާނިސްތާނަށް ދޭ އިންސާނީ އެހީތެރިކަމުގެ ތެރެއިން 32 ޓަނުގެ މުހިންމު ބޭސް ހިމެނޭ ދިހަ ވަނަ ބެޗްގެ މެޑިކަލް އެހީ ބުރާސްފަތި ދުވަހު ފޯރުކޮށްދީފުއެވެ.

Ads by WAMCO

އެ ކޮންސައިންމެންޓް ހަވާލުކޮށްފައިވަނީ ކާބުލްގެ އިންދިރާ ގާންދީ ހޮސްޕިޓަލަށެވެ.

“އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އދ އިން ކުރި އަވަސް އިލްތިމާސްތަކާއި ގުޅިގެން، އިންޑިއާއިން ވަނީ، މިހާތަނަށް ދިހަ ބެޗަކަށް ބަހާލައިގެން 32 ޓަނުގެ މެޑިކަލް އެހީތެރިކަން ފޯރުކޮށްދީފައި، އޭގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި، ޓީބީއާ ދެކޮޅު ބޭސް، ކޮވިޑްގެ 500،000 ޑޯޒް ވެކްސިން ފަދަ ތަކެތި ހިމެނޭ. މި މެޑިކަލް ކޮންސައިމެންޓްތައް ވަނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން(ޑަބްލިޔުއެޗްއޯ) އާއި ކާބުލްގައި ހުންނަ އިންދިރާ ގާންދީ ޗިލްޑްރަން ހޮސްޕިޓަލް ހަވާލުކޮށްފައި،” އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ނެރުނު ބަޔާނެއްގައިވެއެވެ.

އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު ޚާއްސަ ގުޅުމެއް ދެމެހެއްޓުމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ ވައުދުވެފައިވެއެވެ.

އިންސާނީ އެހީގެ ގޮތުގައި ބޭހުގެ އިތުރަށް އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ހަނޑުލުގެ ބާވަތްތައް ވެސް ފޯރުކޮށްދީފައެވެ.

މީގެއިތުރުން، އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ބަލަހައްޓަން އިންޑިއާގެ ޓީމުން ކާބުލްއަށް ޒިޔާރަތްކޮށް ތާލިބާނުންގެ އިސް މެންބަރުންނާ ބައްދަލުކުރިއެވެ. މި ދަތުރުފުޅުގައި، ސަލާމަތީ ޙާލަތު ވަޒަންކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން ވަނީ އެ ޤައުމުގެ ސަރުކާރު ވައްޓާލާފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ އާ ސަރުކާރު އެކުލަވާލާފައެވެ.

ތާލިބާނުންގެ ވެރިކަމާ ހަވާލުވުމަށްފަހު އިގްތިސާދީ، އިންސާނީ، އަދި ސަލާމަތީ ދަތިކަން އެ ޤައުމުގައި ދަނީ އިތުރުވަމުންނެވެ. ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!