މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލުގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު އަންނަ ޑިސެމްބަރުގެ 14 އަށް ހަމަވާތީ އެ ކައުންސިލަށް މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި, ޢާންމު 06 މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
މެންބަރުކަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ 14:00 އެވެ.
މީޑިއާ ކައުންސިލުގެެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރެވެ. އެއްވެސް ފަަރާތަކަށް ވިދިވިދިގެން ދެ ދައުރެއް އަދާނުކުރެވޭނެއެވެ.