ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ކަނޑައަޅަން އިސްލާހެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޤާސިމް. ފޮޓޯ: މަޖިލިސް

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

މި އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޤާސިމް ހުށަހެޅުއްވި އިސްލާހުގައިވަނީ, ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ އުސޫލަށް އަމަލު ކުރުމުގައި 2008 ވަނަ އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މެންބަރުން އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުންދާ ކަމަށެވެ.

07 އޮގަސްޓު 2008 އިން ފެށިގެން މިހާތަނަށް ބޭއްވި އިންތިޚާބުތައް:

2009 : 17 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދު 77

2014 : 18 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދު 85

2019 : 19 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދު 87

ކުރިއަށް އޮތް ތަނުގައި ހުއްޓުމެއްނެތި އެ ޢަދަދު އިތުރުވަމުންދާނަމަ އެއީ ރާއްޖެފަަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ޢަދަދަށްވުރެ މާ ގިނަ ޢަދަދަކަށްވާނެކަމަށް ޤާސިމްގެ އިސްލާހުގައިވެއެވެ. އަދި އެއީ އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށާއި, އެ ގޮތުން މެންބަރުންގެ ޢަދަދު ވަކި ޢަދަދަކަށް ކަނޑައަޅަން ޤާނޫނުއަސާސީން ނިންމާފައި ބޭއްވުމުގެ މުހިންމުކަން ވެސް ޤާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ޤާސިމްގެ އިސްލާހުގައި ވަނީ, 19 ވަނަ މަޖިލީހަށް އިންތިޚާބު ކުރެވުނު ޢަދަދުކަމަށްވާ 87 މެންބަރުންގެ ޢަދަދަކީ އެންމެ އެކަށީގެންވާ ޢަދަދުކަމަށް ފެންނަ ކަމަށާއި, އެހެންކަމުން މަޖިލީހަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށްޓަކައި އިސްލާހު ހުށަހަޅާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!