ޚަބަރު

މަޖިލީހަށް ހާޒިރުނުވާ މެންބަރުން ވަކިކުރަން ޖާބިރު އިސްލާހެއް ހުށަހަޅަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖާބިރު. ފޮޓޯ: މަޖިލިސް

ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ގޮތަށް ގޮނޑި ހުސްވާތާ 45 ދުވަހުގެތެރޭގައި އެކަން އިއުލާނުކުރަންޖެހޭ ގޮތަށް އިސްލާހުގައި ހިމަނުއްވާނެ ކަމަށެވެ.

ޖާބިރު މިހެން ވިދާޅުވިއިރު މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ޢާންމު ގޮތެއްގައި ފެންނަނީ އާދައިގެ ގޮތަކަށެވެ. ހާޒިރީގެ އެންމެ ފުލުން އެއްވަނަ ހޯއްދަވާ ބޭފުޅުންގެ ތެރޭގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހިމެނެއެވެ.

Ads by HDC
  1. ބަރާބަރުބިލެއް