ޚަބަރު ޝަރުޢީ ދާއިރާ

ޖޭއެސްސީން އިންޑިޔާގެ ލޯ އެންޑް ޖަސްޓިސް މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by Hajj Corporation

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޙިސާން ޙުސައިނެވެ. އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްގެ ފަރާތުން ސޮއިކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝްރީ މުނޫ މަހާވަރްއެވެ.

އެ ރަސްމިއްޔާތުގައި ވިދާޅުވީ މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށާއި, މި ފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކޮމިޝަނުން މި އެމްއޯޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާއެކު 2020 ވަނަ އަހަރު ވެސް ޖޭއެސްސީން ވަނީ ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

 

Ads by HDC
  1. ލާހި

    ފޮރިން ކަންޓުރީއަކާއި އެކު މިގޮތަށް ދައުލަތުގެ މުއައްސަސާއަކަށް އެއްބަސްވުން ހެދިދާނެތޯ ފޮރިން މިނިސްޓުރީ މެދުވެރި ނުކޮށް މީ ޤާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއްތޯ ؟ ޤައުމުގެ ދާހިލީ ހުރިހާ ކަމެއްގެ ތެރެއަށް ބޭރު މީހުން ވައްދައިގެން ޤައުމު ހިންގަންވެސް ނޭގިގެން އުޅޭ ބަޔެއްތޯ ؟