ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަސްޕެންޝަނުގައި ބަހައްޓައި ބައި މިލިއަން ރުފިޔާ ދިނުމަށްފަހު ސާޖެންޓް އެޓް އާމްސް ވަކިކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސާޖެންޓް އެޓް އާމްސް. ފޮޓޯ: މަޖިލިސް

މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި ހުންނަވާތާ ދޮޅު އަހަރު ފަހުން ރައްޔިތުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުޙައްމަދު ޙަލީމް މަޤާމުން ވަކިކޮށްފިއެވެ.

Ads by STELCO

އޭނާ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ވަކިކުރަން ފެންނަކަމަށް 25 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އެއް މެންބަރަކު އިންނެވިއިރު, ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއްނުވެއެވެ.

މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޙަލީމް ސަސްޕެންޑްކުރީ މިދިޔަ އަހަރު ޖެނުއަރީގައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ބެހޭ ތަފްސީލެއް މަޖިލީހުން ހާމައެއް ނުކުރެއެވެ. މަޢުލޫމާތު ލިބޭ ގޮތުން ޙަލީމް ސަސްޕެންޑްކުރީ މަޖިލީހުގެ ރައީސާއި, ނައިބު ރައީސްގެ ކޮޓަރި ބަގުކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމު އުފެއްދީ 2013 ވަނަ އަހަރުއެވެ. އެ މަޤާމު އުފެއްދީއްސުރެ އެ މަޤާމު އަދާކުރައްވަމުން ގެންދަވަނީ ޙަލީމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!