މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލު ނުހިންގަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބވިދާޅުވީ، ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖެގެ ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެ ފަދަ އަމަލުތަކެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން." ފުލުހުންގެ ޓްވީޓްގައިވެއެވެ.
ފުލުހުން މިމޭރުމުން ޓްވީޓެއްކޮށްފައިވަނީ، ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ ފިރިހެން ޓީޗަރަކަށް ހުޅުމާލޭގައި ރޭ ބަޔަކު އަނިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެޗޭ ޓީޗަރު ހައްޔަރުކޮށްފައެވެ.
‘ލިންޗިން’ އަކީ ޤާނޫނީ ކުށެއް. ވަގެކޭ، ރޭޕް އޭ ގޮވާލާ އިރަށް އާންމުން ނުކުމެ މީހަކަށް އަނިޔާ ކުރުމަކީ ކުށެއް ކުރާ މީހަކަށް އަދަބު ދޭން ހެޔޮވާ ވަރުގެ ނިޒާމެއް ނޫން. ކުށެއް ނުކުރާ މީހަކަށްވެސް އަނިޔާ ކުރެވިދާނެ ނޭންގުމުގައި ހުރެ