ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް ސަރުކާރަކު ނެތް: އާދަމް ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

އަންނަ ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް މި ސަރުކާރަކު ނެތްކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ދެން އޮންނާނީ ތަންތަން ހުޅުވުންކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ވިއްކާނެ އެއްޗެއް މި ސަރުކާރަކު ނެތް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވަނީ ސަރުކާރުން ގަސްދުގައި މަސައްކަތް ދިގުދަންމައިލައިގެން މަޝްރޫޢުތަކުގެ ރިބަން ކަނޑަން ލަސްކުރީތޯ ވެސް ސުވާލު ކުރައްވައިފައެވެ.

އަދި މީދޫ ފުޓްބޯޅަ ދަނޑު ރިޔާަސީ އިންތިޚާބުގައި ހުޅުވަން ފަސްކުރުމުން ޒުވާނުންނަށް އޮތީ ކޮން ފައިދާއެއްތޯ ވެސް އާދަމް ޝަރީފް ވަނީ ސުވާލު ކުރައްވައިފައެވެ.

Ads by HDC
  1. ސިޔާސީ މީހުން ހީކުރަނީ މިދިޔަ 60 އަހަރު ތެރޭގައި ޕިކުނިކު ރައްތަކުގައި ބަނގުރާ ފުޅިޔަކާއި އޫރު މަސް ކޮޅަކާއި ރިބާގެ ފައިސާ ކޮޅެއް ލިބެންހުރީމާ ރައްޖެ ވަރަށް ތަރައްޤީ ވެއްޖެ ކަމަށްތޯ ؟