ޚަބަރު ސަރުކާރު

މީމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މީމު އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

Ads by STELCO

ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަތީ ރަތްމަންދުއާއި, މަޑުއްވަރިއާއި, ދިއްގަރާއި ވޭވަށާއި, މުއްޔަށެވެ.

އެ ގޮތުން ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވެވިއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވޭވަށުގެ ބަނދަރާއި, އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި, އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައިފައެވެ. އަދި ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަމައެެއާއެކު ދިއްގަރުގެ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ކުރިއަށްދިޔަ ވޮލީ މެޗުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!