ޚަބަރު އިޖުތިމާޢީ

ލަންދޫ ބޯޓު ފަރަށް އަރައި އަޑިއަށް ހިނގައްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފަރަށް އެރި ބޯޓު

ނ.އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ އެ އަތޮޅުގެ ލަންދޫ ބޯޓު ފަރަށް އަރައި އަޑިއަށް ހިނގައްޖެއެވެ.

Ads by MWSC

އެމްއެންޑީއެފުން ބުނީ ލަންދޫ ބޯޓު ދިޔަވެ, ގާފަރު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ މިއަދު 10:55 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓަށް އެހީތެރިިކަން ފޯރުކޮށްދިނުމުގައި ގާފަރު ރައްޔިތުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެެރިވަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑުން ވެސް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ބޯޓުގައި ތިބި ގިނަ މީހުން ގާފަރަށް ގެންގޮސްފައިވާއިރު, ބޯޓުގައި ތިބީ ކިތައް މީހުންކަމެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުން ބޯޓު މިހާރު އޮތީ ގާފަރު ފުށްޓަރު ފަރާތު ތޮށި މައްޗަށް އަރުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!