ދަރިވަރާ ބެހުނުކަމަށް ތުހުމަތުކުރެވޭ ޓީޗަރު ޝަރީޢަތް ނިމެންދެން ބަންދަށް

ދަރިވަރަކާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު ނިކުމެ ޓީޗަރަކަށް އަނިޔާކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭގައެވެ.
ޓިއުޝަން ދިނުމުގެ ނަަމުގައި ދަރިވަރުގެ ގެއަށް ގޮސް އެ ކުއްޖާއާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޓީޗަރަކަށް އަނިޔާކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭގައެވެ.
އެ ގޮތުން އެ ރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ޢުމުރުން 29 އަހަރުގެ އެ މީހާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވެ ކޯޓަށް ހާޒިރުކުރުމުން ގާޒީ ޢަމުރުކުރެއްވީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
އޭނާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން މިއަދު ބުނީ އޭނާއަށް އަނިޔާކުރި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.