ޚަބަރު

މުޖުތަމައަށް ނުރައްކާ މީހެއް ނޫން ކަމަށްބުނެ ޔާޔާ ދޫކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޖުތަމައު އަށް ނުރައްކާ މީހެއް ނޫން ކަމަށް ބުނެ މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by MWSC

އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައްސަލައާއި ގުޅިގެން ޔާޔާ ނަބީލް ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

އޭނާ ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

މީގެ ކުރިންވެސް އޭނާ ޓިކްޓޮކްގައި ބަރަހަނާވެގެން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެފަހަރު ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކޮށްގެން ނަބީލް (ޔާޔާ) ހައްޔަރުކޮށްފައިވަނީ އޭނާ އެ ވީޑިއޯ އާންމުކުރިތާ އެއްދުވަސްފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ގައެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ތުހުމަތެވެ. އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

Ads by HDC
  1. ދުޢާ

    ޔާﷲ މިގައުމުގެ ފަޑޔާރުންނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ!

  2. އައިސަ

    ތިކަހަލަ ވިޔާނުދާމީހުން ދޫވަމުން ދަނީ ދެންމިގައުމުރަގަޅުވާނީކިހިނެތް ދީނީގޮތުންއެއްޗެއްބުނާމީހާބިޑިއަޅުވާދޫބަންދުކުރަންވީ ކޮބައިތޯއިންސާފު؟ މިވެސްވެރިކަމަށް ވަޢުދުވިގޮތްތޯ

  3. ބޮޑު ކަމެކޭ..ވަރުގަދަ ގައުމެއް މިއޮތީ..
    ކޮބާތަ މި ނޫހުގަ ޖަހާ ވާހަކަތައް…ހާދަ ލަހޭ ގެނެސްދޭލެއް..މީހުން ފޫހިވާނެ ތިހެން ހަދަންޏާ