މިއަދާއި މާދަމާ ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓު

މިއަދާއި މާދަމާ ވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ މި ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ, ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށާއި, އެންމެ އަވަހަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު ކަމަށެވެ.
މެޓު އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރެއަށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި, ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު 14:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.