ޚަބަރު

ލާދީނީ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ ބަލަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އެކި ހިސާބުތަކުގައި، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ، ލާދީނީ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާ ކަމަށެވެ.

މި ވޯކްޝޮޕްތައް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ.

އެ ވޯކްޝަޮޕްތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ދަނީ ހިންގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!