ބަހަށް އުދަގޫވާގޮތަށް ޕާކު ކުރާނަމަ ސްޓިކަރ ޖަހަނީ

މާލޭގައި އަލަށް ފަށާފައިވާ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ނުގަވައިދުން ޕާކުކުރާ ނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިނީ ބަހުގެ ހިދުމަތް ފެށީ މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. މިގޮތުން މަޖީދީ މަގާއި އަމީނީ މަގުފަދަ ބޮޑެތި މަގުތަކުގައި ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.
ބަސް ހުއްޓާ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވަމުންނެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ވެހިކަލް ބަހައްޓާ ނަމަ ފުލުހުން އަންނަނީ މީހުންނަށް ނަސޭހަތްދީ އެ ވެހިކަލްތައް އެތަންތަނުން ނަގަމުންނެވެ.
މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.