ޚަބަރު

ރައީސް ޔާމީނާއި ޔޫސުފް ނައީމާއި ދެމެދު ހިނގާފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް: ނަރީޝް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްއާއި ދެމެދު ހިނގާފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށާއި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކަމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަރީޝް ވިދާޅުވީ، ރައީސް ޔާމީނަކީ އޭނާއާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވާ ބޭފުޅެއް ކަމަށެވެ. މި މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމްވެސް ދަންނަ ކަމަށް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނު އޭނާ ގ ދޫވެއްސަށް ގެންދިޔަ ކަމަށެވެ. އަދި ގެންދިއުމަށްފަހު، ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެންފައިވާ ކަމަށާއި، އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ޙަވާލުކުރަން އެބަޖެހޭ ކަމަށް ރައީސް ޔާމީނު ވިދާޅުވިކަމަށް ނަރީޝްގެ ހެކިބަހުގައި ފާހަގަ ކުރެއްވިއެވެ. ނަރީޝް ވިދާޅުވި ގޮތުގައި އެއީ 1 މިލިއަން ޑޮލަރަށްވާ ފައިސާއެވެ.

އެ ދުވަހު އެ ފައިސާ ޙަވާލު ކުރެއްވުމަށްފަހު އެކަމާ ގުޅޭ ލިއުމުގައި އޭނާގެ ކުރިމަތީގައި ރައީސް ޔާމީނު ސޮއިވެސް ކުރެއްވި ކަމަށާއި، އޭނާ ޔޫސުފް ނައީމްއާ ބައްދަލު ކުރައްވަން ޖެހުނީ އެކަމުގައި ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވާ ގޮތުގައި އެ ފައިސާ ދުވަހުން ދުވަހަށް އޭނާ ވާނީ ޔޫސުފް ނައީމާ ޙަވާލު ކުރައްވާފައެވެ. އެއީ 500 ގެ ބޮނޑިތަކެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

ގ ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ އެ ފައިސާ ޙަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށެވެ. ފައިސާ ޙަވާލު ކުރުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށާއި، އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.

ދެން ކުރިއަށްދިޔައީ ދައުލަތުން ހެކިވެރިޔާއާ ސުވާލު ކުރުމެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަރީޝް ވިދާޅުވީ، އޭނާ އޭރު ގެންގުޅުނު ފޯނު ނަންބަރު ހަނދާނެއް ނެތް ކަމަށާއި، ރައީސް ޔާމީނު ގުޅުއްވިިއިރު ހުންނެވީ ގޭގައި ކަމަށެވެ. ފައިސާ ޙަވާލުކުރަން ދިޔައީ ރައްޓެއްސެއްގެ ކާރުގައި ކަމަށާއި، އެއީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ޔާމީނުގެ ގެކޮޅަށް ވަޑައިގެންނެވިއިރު ފައިސާ ހުރީ ސިޓިންގ ރޫމްގެ ބިންމަތީގައި ކަމަށެވެ. އޭރު އެތަނުގައި ތިބީ އަބްދުﷲ ކިޔާ މީހަކާއި، ރައީސް ޔާމީނުކަމަށް ނަރީޝް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ނަރީޝް ވިދާޅުވީ ޔޫސުފް ނައީމްގެ އިތުރުންވެސް ޔާމީން އެދިގެން އިތުރު މީހުންނަށް ފައިސާ ގެންގޮސްދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ނަން ހާމަކޮށްފައެއްނުވެއެވެ.

ނަރީޝްގެ ހެކިބަސް މިއަދު ނަގައި ނިމުމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މިއަދު ހެކިބަސް ނެގުމަށް ހޭދަވި ވަގުތަށް ބަލާ، ދިފާއީ 3 ހެކިން ކޮންމެ ދުވަހަކު ހާޒިރުކުރާނެ ކަމަށެވެ. އެގޮތުން މިމައްސަލައިގައި މާދަމާ ވެސް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު 25 އަދި 29 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

Ads by Ooredoo
  1. އަލީ

    “ކަލޯމެނަށް ލާރި އާއި ފައިސާ ވަކި ކުރަން ނޭގުނަސް މާލޭގައި 10ބުރި އަށް 12 ބުރިއަށް ގެނަގައިގެން ބޮޑުކުލި ނަގައިގެން އުޅޭ މީސްމީހުންށް 15 މިލިއަން 50މިލިއަން ނުވާނެ ހުނވަދަކަށްވެސް ބަލާލަމާހިގާބަ ކުޑަހިސާބެއް 12 ބުރީގެ އިމާރާތެއް ބުރިއެއްގައި 4 އެޕާޓްމަންޓް ވީމާ 44 އެޕާޓްމަންޓް އެޕާޓްމަންޓެއް 20،000ރ ވީމާ މަހެއްގެ މައްޗަށް 880،000ރ ތިރީބައި ފިހާރަނޫނީ އެހެންވެސް ބޭނުމަކަށް ކުއްޔަށް ދީގެން 100،000ރ ވީމާ 980،000ރ މަހެއްގެ މައްޗަށް ސާފު ފައިދާ އަހަރެއްގެ މައްޗަށް 11،760،000ރ މީކިހާވަރެއްބާ ކިޔާލަ ދެއްވާ މީ މިގައުމުގައި އުޅޭ މާލޭ ގެދޮރު ވެރިން ނަށްލިބޭ މަދު ލާރިކޮޅު….. ސުކުރިއްޔާ

  2. އަލީ

    “ކަލޯމެނަށް ލާރި އާއި ފައިސާ ވަކި ކުރަން ނޭގުނަސް މާލޭގައި 10،12 ބުރިއަށް ގެނަގައިގެން ނާއި ބޮޑުކުލި ނަގައިގެން އުޅޭ މީސްމީހުންށް 15 މިލިއަން 50މިލިއަން ނުވާނެ ހުނވަދަކަށްވެސް ބަލާލަމާހިގާބަ ކުޑަހިސާބެއް 12 ބުރީގެ އިމާރާތެއް ބުރިއެއްގައި 4 އެޕާޓްމަންޓް ވީމާ 44 އެޕާޓްމަންޓް އެޕާޓްމަންޓެއް 20،000ރ ވީމާ މަހެއްގެ މައްޗަށް 880،000ރ ތިރީބައި ފިހާރަނޫނީ އެހެންވެސް ބޭނުމަކަށް ކުއްޔަށް ދީގެން 100،000ރ ވީމާ 980،000ރ މަހެއްގެ މައްޗަށް ސާފު ފައިދާ އަހަރެއްގެ މައްޗަށް 11،760،000ރ މީކިހާވަރެއްބާ ކިޔާލަ ދެއްވާ މީ މިގައުމުގައި އުޅޭ މާލޭ ގެދޮރު ވެރިން ނަށްލިބޭ މަދު ލާރިކޮޅު….. ސުކުރިއްޔާ

  3. އަލީ

    “ކަލޯމެނަށް ލާރި އާއި ފައިސާ ވަކި ކުރަން ނޭގުނަސް މާލޭގައި 10،12 ބުރިއަށް ގެނަގައިގެން ނާއި ބޮޑުކުލި ނަގައިގެން އުޅޭ މީސްމީހުންށް 15 މިލިއަން 50މިލިއަން ނުވާނެ ހުނވަދަކަށްވެސް ބަލާލަމާހިގާބަ ކުޑަހިސާބެއް 12 ބުރީގެ އިމާރާތެއް ބުރިއެއްގައި 4 އެޕާޓްމަންޓް ވީމާ 44 އެޕާޓްމަންޓް އެޕާޓްމަންޓެއް 20،000ރ ވީމާ މަހެއްގެ މައްޗަށް 880،000ރ ތިރީބައި ފިހާރަނޫނީ އެހެންވެސް ބޭނުމަކަށް ކުއްޔަށް ދީގެން 100،000ރ ވީމާ 980،000ރ މަހެއްގެ މައްޗަށް ސާފު ފައިދާ އަހަރެއްގެ މައްޗަށް 11،760،000ރ މީކިހާވަރެއްބާ ކިޔާލަ ދެއްވާ މީ މިގައުމުގައި އުޅޭ މާލޭ ގެދޮރު ވެރިން ނަށްލިބޭ މަދު ލާރިކޮޅު….. ސުކުރިއްޔާ