އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އޮފާއެއް

އުރީދޫގެ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަތަރު ގުނައާ ހަމައަށް އިތުރު ޑާޓާ ލިބޭ އޮފާއެއް ފަށައިފި އެވެ.
އެ އޮފާގެ ދަށުން މުޅި ހަފުތާ އަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީއާ ހަމައަށް ޑާޓާ އާއި އިތުރު ޗާޖަކާ ނުލައި އުރީދޫގެ ނަމްބަރުތަކަށް ގުޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް ވެސް ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ. ފޮޓޯ: އުރީދޫ
އުރީދޫން ބުނީ އަލަށް ތައާރަފުކުރި އޮފާއާ އެކު އާޗާ ޕްރިޕެއިޑް ޕްލޭން އިތުރަށް ފުރިހަމަ ވެފައިވާ ކަމަށެވެ. އެ އޮފާގެ ދަށުން ދުވާލަކަށް އެއް ޖީބީ ލިބޭ 150ރ. ގެ ވީކްލީ ޕްލޭން ނަގާ ކަސްޓަމަރުންނަށް އިތުރު 2 ޖީބީ ބޯނަސް ޑޭޓާ އާއި ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އިތުރު އެއް ޖީބީ އާއި ސްޓްރީމިން އަށް ވެސް ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އެ އޮފާގެ ދަށުން ދުވާލަކަށް އެއް ޖީބީ ލިބޭ 500ރ. މަންތްލީ ޕެކަށް ދެ ޖީބީ ބޯނަސް ޑޭޓާ އާއި ސްޓްރީމިން އަށް އަދި ސޯޝަލް މީޑިއާ އަށް ވަކިވަކިން އެއް ޖީބީ ލިބޭނެއެވެ. އަދި ދުވާލަކަށް ދެ ޖީބީ ލިބޭ 700ރ. ގެ މަންތީ ޕްލޭނަށް އެ އޮފާގެ ދަށުން އިތުރު އެއް ޖީބީ ޑޭޓާ އާއި ސޯޝަލް މީޑިއާ އާއި ސްޓްރީމިން އަށް ވަކިވަކިން ދެ ޖީބީ ޑޭޓާ ލިބޭނެ އެވެ.

ބޯނަސް ޑޭޓާގެ އިތުރުން އެ އޮފާއިން ސޯޝަލް މީޑިއާ އަށް ހާއްސަކޮށް ވަކިން ޑޭޓާ ލިބޭ. ފޮޓޯ: އުރީދޫ
އުރީދޫގެ އެ އޮފާތައް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ނެގޭނެ އެވެ.
އުރީދޫގެ އާޗާ ކަސްޓަމަރުންނަށް ވެސް އުރީދޫގެ ހިދުމަތްތައް ބޭނުން ކޮށްގެން އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ވޯލްޑްކަޕް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އެ ލަކީޑްރޯގެ ގުރުއަތުން ހޮވޭ މީހުންނަށް ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދެވޭނެ އެވެ.