އެއް ޖިއްސުން ގުޅުން ހިންގި އިތުރު 3 މީހުން ހައްޔަރުކޮށްފި

އެއް ޖިންސިން ގުޅުން ހިންގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކަކާ ގުޅިގެން އިތުރު ތިން މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ވަނީ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.
ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ވެސް އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައެވެ.
ޢެމީހުންގެ ނަން ތަކާފޮޓޯ ކޮބާ