Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓް ބިލަކީ ދައްކަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ބަލައިގެން ބައެއް ކައުންސިލްތައް އެބަތިބި: އަމީރު

ކަރަންޓް ބިލަކީ ދައްކަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ބަލައިގެން ބައެއް ކައުންސިލްތައް އެބަތިބި: އަމީރު

ކަރަންޓް ބިލު ނުދައްކާ ކައުންސިލްތައް ގިނަ ކަމަށާއި, އެކައުންޓްގައި ފައިސާ ހުރެ ވެސް, ކަރަންޓް ބިލް ނުދައްކާ ބައެއް ކައުންސިލްތައް ހުރި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ, މިހާރު ލ. އަތޮޅުގައި ކުރިޔަށްދާ “ވިއަވަތި ކޮންފަރެންސް”ގެ މިއަދުގެ ޕެނަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޕެނަލްގައި މަޝްވަރާ ކުރަމުންދަނީ ކައުންސިލްތަކުގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ.

ކައުންސިލްގެ މާލީ ހާލަތު ދަށް ކަމަށާއި ކައުންސިލްގެ ރިކަރެންޓް ޚަރަދުތައް ކުރުމަށްފަހުގައި އިތުރު ޚަރަދެއް ކުރަން ފައިސާ ނެތް ކަމަށްބުނެ ކައުންސިލަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

Advertisement
Allied Insurance — Square (box)

ޚިޔާލުފާޅު ކުރުމަަށް ހުޅުވާލި ފުރުސަތުގައި, ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިޙް އިބްރާހީމް ވަނީ ކައުންސިލްތަކުން ކަރަންޓް ބިލު ނުދައްކާތީ ކައުންސިލްތަކަށް ދޭ ގްރާންޓް ކަނޑާލުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ, މިގޮތުން, ވުޒާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭ މައްސަލައާއި, އެމްޑީޕީ ކައުންސިލަރުން ތިއްބަވާ ކައުންސިލްތަކަށް ވަކި ކަހަލަ އުސޫލެއް ގެންގުޅޭ ކަމަށްބުނެ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލްތަކަށް މިދިޔަ އަހަރު ނެގި ސެކްރެޓަރީ ޖެނެރަލްއަކީ ސިޔާސީ ގޮތުން ނެގި ބައެއް ކަމަށް ތުހުމަތުކޮށް, އެ ފަރާތްތަކަށް ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ނޭނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

<img class="alignnone wp-image-162181 size-large" src="https://cdn.dhen.mv/wp-content/uploads/2022/09/48844D3F-2A05-4021-8353-5F4502AA1A82-1024x683.jpeg" alt="" width="1024" height="683" />

ނާސިޙްގެ ވާހަކަފުޅު ނިންމަވާލެއްވުމުން, އެ ވާހަކަތަކަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ކޮންފަރެންސްގެ ބައިވެރިންވަނީ އަތްތިލަބަޑި ޖަހާފައެވެ.

ނާސިހްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ, ބައެއް ކައުންސިލް ”މިލިޔަނުން ރުފިޔާ ހުރެ, ކަރަންޓް ބިލް ނުދައްކާ” ކަމަށެވެ. އަދި ކަރަންޓް ބިލަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ބަލައިގެން ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

&nbsp;

“އެއްކޮށް ކަރަންޓް ބިލް ނުދެއްކުނު ކަމުގައި ވިޔަސް, އަޅުގަނޑުމެންނާއި ފެނަކައާ ވާހަކަ ދައްކައިގެން, މިކަމަށް ހައްލު ހޯދޭނެ. މިކަމުގައި މައްސަލައަކީ ވަކި އެއްޗެއް ނާންގާ އެއް ވެސް ކަހަލަ އެންގޭޖެމެންޓެއް ނެތުން” އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ, ކައުންސިލްތަކުން ކަރަންޓް ބިލްތައް ނުދެއްކުމުން އެކަމުގެ ބުރަ އަނެއްކާ ވެސް އަންނަނީ ސަރުކާރަށް ކަމަށެވެ. މިގޮތުން މިކަމުގެ ސަބަބުން ފެނަކައިގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރަށް ސަބްސިޓީ ދޭން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.

އަމީރުގެ ވާހަަކަފުޅުގައި ބައެއް ކައުންސިލްތަކުން ލިބޭ އާއްމުދަނީ ޚަރަދުތައް ޝާއިރު ނުކުރާތީ އެކަމާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް